މަދެއްނުވޭ! އިތުރު 146 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

20 Aug 2020 | 07:10

ކޯވިޑް- 19 ބަށްޔަށް އިއްޔެވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 146 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، 21 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 2 މީހަކާއި ސްރީލަންކާ 5 މިހަކާއި، އަދި ފިލިޕީންސް މީހެކެވެ.

މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 144 މީހުންނެވެ. އަތޮޅުތެރެއިން ދެ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

Advertisement

ކޮމެންޓް