ވެރިކަމުގެ ފުރަތަމަ ދުވަސް: ރާއްޖެޓީވީއަށް ރައީސް ނަޝީދުގެ ފާޑުކިޔުން

18 Nov 2018 | 11:40

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖެޓީވީއަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީން ގެނެސް ދިން ޕްރޮގްރާމެއްގައި ރައީސް ނަޝީދާއި ކުރެއްވި ސުވާލުގެ ޖަވާބުގެ ބަދަލުގައި ވަނީ ރާއްޖެޓީވީއަކީ މީހުންގެ ސަމާލުކަން ލިބޭނެ ވާހަކަ އާއީ ނަފްރަތާއި އުފައްދާ ބައެއް ކަމުގައި ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑަށް ވެސް އިނގޭ ތިޔަ ބޭފުޅުން ބޭނުންވެވަޑައިގަންނަވަނީ ސެންސޭޝަންކަން. ރާއްޖެ ޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުމާއި ފޯލްޓް ލައިނެއް ގެނައުން ކަން. އެހެން ނަމަވެސް ގަބޫލުކުރައްވާ، ދެނެވަޑައިގަންނަވާ އަޅުގަނޑުމެންގެ (ރައީސް އިބޫ އާއި ނަޝީދު) އަތް ވެސް ނުގުޑާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއީ މިހާތަނަށް މީޑިއާއަކަށް ރައީސް ނަޝީދުގެ ފާޑިކިޔުމެއް މިދަރަޖައަށް ދިން ފުރަތަމަ ފަހަރެވެ. މިއީ މީގެ ކުރިން ސަރުކާރު ދިފާއު ކުރެއްވި ޗެނަލްތަކާމެދުވެސް ނަޝީދު ވާހަކަ ދައްކަވާފައިވާ ހަރުކަށި ގޮތެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖެޓީވީއަކީ ނިމިދިޔަ ސަރުކާރުގެ އެންމެ ގޮންޖެހުމާ ކުރިމަތިލާން ޖެހުނު ޓީވީ ޗެނަލްއެވެ. އަދި މިއީ ސަރުކާރު އެންމެ ބޮޑަށް ޖަވާބުދާރީ ކުރުވި މީޑީއާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލުހު ރައީސް ކަމަށް އިންތިހާބު ވުމާއެކު މީޑިއާތަކަށް ކުރެއްވި ޒިޔާރަތުގައި ރާއްޖެ ޓީވީއަށް ވަޑައިގެން، އެއީ މި ބަދަލުގެ ވަރަށް ބޮޑު ހިއްސާދާރެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑަށް އިނގޭ ނޫސްވެރިން ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށް ކަން. އަދި ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވާ ނޫސްވެރިކަމުގެ ތެރޭގައި އެއީ ރަނގަޅު ކަމަކަށް ވެސް ވެދާނެ. އެހެން ނަމަވެސް އަޅުގަނޑެއް އެ ދަރަޖައަކަށް ނުދާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނިމި ދިޔަ ސަރުކާރުގައި މިޑީއާތަކަށް ކުރިމަތި ކުރެވުނު ބޮޑެތި ގޮންޖެހުމާއެކު އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި މީޑިއާތަކަށް މިނިވަން މާހައުލެއް ގާއިމް ކޮށްދެއްވާނެކަމަށް ވެރިކަމުގެ ކުރިން ވަނީ އިއްތިހާދުން ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް