ރާއްޖެއިން އިތުރު 145 ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް ފެނިއްޖެ

21 Aug 2020 | 11:58

ދިވެހިރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް އަލަށް 145 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ މި ބައްޔަށް ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 142 މީހުންނެވެ. އަދި އަތޮޅުތެރެއިން ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ.

މިއާއި އެކު ދިވެހިރާއްޖެއިން ފެނިފައިވާ ކޮވިޑް-19ގެ ޖުމްލަ ކޭސްތަކުގެ އަދަދު މިވަނީ 6370 އަށް އަރާފައެވެ.

މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ. އެގޮތުން 123 ދިވެހިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 އިން ދިވެހިރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 3915 އެވެ. މިވަގުތު ޖުމްލަ 2431 އެކްޓިވް ކޭސް ވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް