194 މީހުން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވެއްޖެ

22 Aug 2020 | 11:15

ދިވެހިރާއްޖެއިން މިއަދު ކޮވިޑް-19 އަށް 194 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މި ބައްޔަށް ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 191 މީހުންނެވެ. އަދި އަތޮޅުތެރެއިން ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ.

މިއާއި އެކު ދިވެހިރާއްޖެއިން ފެނިފައިވާ ކޮވިޑް-19ގެ ޖުމްލަ ކޭސްތަކުގެ އަދަދު މިވަނީ 6564 އަށް އަރާފައެވެ.

މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ. އެގޮތުން 167 ދިވެހިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 އިން ދިވެހިރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 4012 އެވެ. މިވަގުތު ޖުމްލަ 2527 އެކްޓިވް ކޭސް ވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement