Advertisement

ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ ދިރާގުން މިހާރު ޕްރީއޯޑަރކުރެވޭނެ!

30 Aug 2020 | 13:16

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޯށްދޭ ކުންފުނި، ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި 20 އަލްޓްރާ 5ޖީ މޮބައިލް ފޯނު ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސެމްސަންގެ އެންމެ ފަހުގެ މި ފޯނު ތަކަކީ އެކުންފުނިން އެންމެ ފަހުން ތަޢާރަފުކުރި ފްލޭގްޝިޕް ފޯނުތަކެވެ.

ދިރާގު މެދުވެރިކޮށް މި ފޯނުތައް ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ޚާއްސަ އޮފަރއެއްގެ ދަށުން 6 މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު، ނޯޓް20 ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބިގެންދާނެއެވެ. މި ދެ ފޯނަކީވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނުތަކެކެވެ.

ދިރާގުން ގެލެކްސީ ނޯޓް 20 5ޖީ ގެ ފޯނުތައް ތަފާތު 2 ކުލައެއްގައި ލިބިގެން ދާނެއެވެ. އެއީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން އެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީ، މިކްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް، މި ދެކުލައިން ލިބިގެންދާނެއެވެ. މި ދެ ފޯނުވެސް ލިބިގެންދާނީ 256ޖީބީގެ ކެޕޭސިޓީއާ އެކުއެވެ. ސެމްސަންގުން ހާމަ ކުރާ ގޮތުގައި މި ދެފޯނުގައިވެސް 5ޖީ ބޭނުން ކުރެވޭނެކަމަށާއި މި ފޯނު ތަކަކީ ގޭމް ކުޅޭ މީހުންނާއި "ޕަވަރ ޔޫސަރސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވެގެންދާނެކެމަށެވެ. މީގެ އެއް ހެއްކަކީ މީ ފޯނު ތަކުގެ ޑިސްޕްލޭ ތަކެވެ. ސެމްސަންގް ގެލެކްސީ ނޯޓް20 ގެ ސްކްރީން ސައިޒުގައި 6.7 އިންޗް ހުންނަ އިރު އަލްޓަރާ 20 5ޖީ ގެ ސްކްރީން ސައިޒަކީ 6.9 އިންޗެވެ.

ދިރާގު ކަސްޓަމަރުންނަށް ސެމްސަންގްގެ މި އައު ފޯނުތައް ދިރާގު ވެބްސައިޓް މެދުވެރިކޮށް މިހާރު ޕްރީއޯޑަރ ކުރެވޭނެއެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ދިރާގުގެ ޕްރެސް ރިލީސްއަކަށެވެ.

Advertisement

ކޮމެންޓް