ބްރޯއެއް މެދުވެރިކޮށް މަޖިލިސް ސުޕަރ މެޖޯރިޓީގެ މެންބަރުން ދަނީ ގަންނަމުން: ހާމިދު އަބްދުލްޣަފޫރު

23 Aug 2020 | 00:15

ކޯލިޝަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ގަންނަމުންދާކަމަށް އެމްޑީޕީގެ އިންޓަރނޭޝަނަލް ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ސުޕަރ މެޖޯރިޓީއަށް ކޯލިޝަން ސަރުކާރުން އިތުބާރު ނުކުރެވޭތީ، ބްރޯއެއް މެދުވެރިކޮށް ސުޕަރ މެޖޯރިޓީގެ މެޖޯރިޓީ ގަނެގެން އުޅުމަކީ އެމްޑީޕީގެ މެންބަރުންނަށް ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އަދި ޕާޓީގެ މަޖިލިސް މެންބަރުން ވިކުމަކީ އާންމު މެންބަރުންނަށް ލިބޭ ހިތްދަތިކަމެއް ކަމަށްވެސް ހާމިދު ވިދާޅުވިއެވެ.

ހާމިދު އިތުރަށް ވިދާޅުވީ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އުފެދުނު ކޯލިޝަނުން ކެބިނެޓެއް ހޮވިފަހުންވެސް، އެމްޑީޕީއަށް ރައްޔިތުންގެ ސުޕަރ މެޖޯރިޓީ ދީފައިވާ ކަމަށެވެ. އަދި އެވަރުން އެކަން ސާފުވާން ވާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ ދެން އެޖެންޑާ19 އަށް އެފަދައިން ހުރަސް އަޅައިގެން ނުވާނެކަމަށާއި، ޑިމޮކްރަސީ ކޮރަޕްޓް ކުރަން ޖާގަ ދެވިގެން ނުވާނެކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެ މައްސަލަ ފާސްވާނެ ވަރަށް ސޮއިނުލިބުމުން އެކަން މަޑުޖެހިފައިވާ ކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. 

Advertisement

ކޮމެންޓް