Advertisement

ރޭގަނޑު 8އިން ފެށިގެން ފަތިހު 5އަށް މާލޭ ސިޓީގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާ!

24 Aug 2020 | 00:11

މާދަމާއިން ފެށިގެން ރޭގަނޑު 8އިން ފެށިގެން ފަތިހު 5އަށް މާލޭ ސިޓީގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނިންމުން ތަންފީޒު ކުރާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި ވަގުތުގައި އެއްވެސް އުޅަނދެއް ދުއްވާނަމަ ފުރަތަމަ ފަހަރަށް ނަސޭހަތް ދޭނެ ކަމަށާއި، އަދި ދެވަނަ ފަހަރަށް އެ އުޅަނދެއް އެވަގުތުގެ ތެރޭގައި ފެނިއްޖެނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އިތުރު ފިޔަވަޅެއްގެ ގޮތުން އެ އުޅަނދެއް ޓޯވ ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަދި ޓޯވ ކުރާ އުޅަނދުތައް އަނބުރާ ލިބޭނީ ޖޫރިމަނާ ދެއްކުމަށްފަހު ކަމަށާއި މިވަގުތުގައި އުޅަނދުތައް ދުއްވާ މީހުން ވެސް ޖޫރިމަނާ ކުރާނީ 1،000 ރުފިޔާ އިން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއީ މީހުން އެއްވެ އުޅުން މަދު ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. ފަހަކަށް އައިސް ބޮޑެތި އެއްވުންތަކާއި، ޕާޓީތައް ބާއްވަމުންދާކަން ފާހަގަ ކުރެވިފާވާކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް