މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ގިނަ އެނދުތައް ފުރިއްޖެ

23 Aug 2020 | 21:02

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލުތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އެނދުތައް ފުރިއްޖެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާގެ ކުރެއްވި ޓްވީޓެއްގައި ވަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތައް އަންނަނީ ބޮޑުތަނުން އިތުރުވަމުންކަމަށެވެ އަދި މިހާތަނަށް 62 ޕަސެންޓް އެނދު މިހާރުވަނީ ފުރިފައިވާ ކަމަށެވެ.

ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ކޭސްތަށް ދަނީ ކޮންމެ ދުވަހަކުވެސް އިތުރުވަމުންދާ ކަމަށެވެ. އެހުންކަމުން މި އުދަނގޫ ހާލަތުން އަރައިގަތުމަށް އެއްމެންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ

Advertisement

ކޮމެންޓް