Advertisement

މެލޭޝިއާއަށް ދިޔަ ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

23 Aug 2020 | 16:40

މިމަހުގެ 21ވަނަ ދުވަހުގައި ދިވެހިރާއްޖެއިން މެލޭޝިއާއަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި މިމަހުގެ 21ވަނަ ދުވަހު މެލޭޝިއާއަށް އަދި ދިވެހިންގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްއެއް ހިމެނިފައިވާކަން އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އަންގާފައެވެ. އަދި މިކަމުގެ މައުލޫމާތު މިހާރު އެޗްޕީއޭއަށް އަންގާފައިވާނެކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

މި ކޭސް މެލޭޝިޔާގެ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ އިމްޕޯޓެޑް ކޭހެއްގެ ގޮތުގައި ހިމަނާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ 21ވަނަ ދުވަހުގައި ވަނީ އޭސް ޓްރެވަލްއިން ޗާޓަރކުރި މޯލްޑިވިއަންގެ ފްލައިޓެއްގައި 50 ދިވެހި ކިޔަވާ ކުދިން މެލޭޝިއާއަށް ދަތުރުކޮށްފައެވެ. 

އެކުދިން މިވަގުތު ދަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އަމިއްލަ ޚަރަދުގައި މެލޭޝިއާގެ ކުއަލަ ލަންޕޫރު ސަރަހައްދުގައި ހުންނަ ހޮޓަލެއްގައި ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ދަރިވަރުން މެލޭޝިއާއަށް ޖެއްސުމާއި އެކުގައި ވަނީ ކޮވިޑް-19 ހުރިތޯ ބެލުމަށް ޓެސްޓްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement