ޢާންމުންގެ އެއްބާރުލުން ނުލިބޭނަމަ މިއަޅާ ފިޔަވަޅުގެ ނަތީޖާއެއްނުފެންނާނެ: ޑރ ލަތީފް

24 Aug 2020 | 09:37

ޢާންމުންގެ އެއްބާރުލުން ނުލިބޭނަމަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުގެ ނަތީޖާއެއް ނުފެންނާނެކަމަށް ޑރ. ޢަލީ ލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ލަޠީފް މިހެން ވިދާޅުވެފައިމިވަނީ މިރޭ ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ. ޢަލީ ލަޠީފް އިތުރަށް ވިދާޅުވެފައިވަނީ ހާއްސަ ކަމެެއް ކުރަން ނޫންގޮތަކަށް ބޭރަށް ނުނިކުންނެވުމަށެވެ.

ޑރ. ލަޠީފް ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިބަލީގައި ގިނަ ފުރާނަތަކެއް ގެއްލެން މެދުވެރިވަނީ މެނޭޖް ކުރެވޭ ވަރަށް ވުރެ ބަލިމީހުން ގިނަ ވުމުން ކަމަށެވެ.

ފިޔަވަޅުތައް ހަރުކަށި ކުރުމުން ބައެއް މީހުންގެ ނުތަނަވަސް އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ފިޔަވަޅުތައް ވަރުގަދަ ނުކޮށް ކޭސް ތަކުގެ ޢަދަދު ދަށް ނުކުރެވޭނެ ކަމަށް ޑރ. ވިދާޅުވިއެވެ.

ލޮކްޑައުނަކަށް ދިއުމަކީ އެކަމުގެ ގެއްލުން ނުހަނު ބޮޑު، އުނދަގުލާއި ތަކުލީފް ހުރިކަމެއް ކަމަށާއި، ނަމަވެސް ބަލި ކޮންޓްރޯލްނުވެ ދާނަމަ އަލުން ލޮކްޑައުނަކަށް ދާންވެއްޖެ ނަމަ ދިވެހި ރައްޔިތުންނަށް ޓަކައި ލޮކްޑައުންނަކަށް ވެސް ދާން ޖެހިދާނެ ކަމަށް ވެސް ޑރ. ލަޠީފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް