ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

25 Aug 2020 | 13:58

ކޮވިޑް-19 އާއި ގުޅޭ ސިއްހީ އަދި އިޖްތިމާއީ ކަންތައްތަކަށް މިމަހުގެ 20ވަނަ ދުވަހާއި ހަމައަށް ސަރުކާރުން 1.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ކޮވިޑް-19 އާއި ގުޅޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ހިނގާ އޮގަސްޓް މަހުގެ 20ވަނަ ދުވަހާއި ހަމައަށް ކޮވިޑް-19 އާއި ގުޅޭގޮތުން ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ވަނީ 1147.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. 

މީގެ ތެރެއިން ހަފްތާގައި ޚަރަދުކުރި މިންވަރު ބަލައިފިނަމަ، އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ އައިޖީއެމްއެޗުންނެވެ. އެ ހޮސްޕިޓަލުން 5.9 މިލިޔަން ރުފިޔާ ޚަރަދުކުރިއިރު، އޭގެން ބޮޑުބައެއް ހޭދަކޮށްފައިވަނީ އެން95 މާސްކް ފަދަ މެޑިކަލް ކޮންސިއުމެބަލްސް ހޯދުމަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން ސިއްހީ އަދި އިޖްތިމާއީ ކަންތައްތަކަށް ކޮށްފައިވާ ޚަރަދުތަކުގެ 91.4 އިންސައްތަ ހިއްސާކުރަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ހެލްތު މިނިސްޓްރީ އަދި އައިޖީއެމްއެޗްއެވެ. 

މި ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދަށް އައި ލޮޅުންތަކާއި ގުޅިގެން މިހާތަނަށް ވަނީ 955.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. 

Advertisement

ކޮމެންޓް