ޝަންގްރިލާ ރިސޯޓް ދިގު މުއްދަތަކަށް ބަންދުކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

25 Aug 2020 | 15:56

އައްޑޫ ސިޓީގެ ވިލިނގިލީގައި ހޮންގްކޮންގްގެ ޝަންގްރިލާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގާ ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ދިގު މުއްދަތަކަށް ބަންދުކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

އެ ރިސޯޓްގެ މުވައްޒަފުންނަށް މެނޭޖްމަންޓްގެ ފަރާތުން ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ ކުރިއަށް އޮތް މުސްތަގްބަލްގައި ވިޔަފާރި ދަށްވާނެކަމަށް ލަފާކުރެވިފައިވާތީ، ވަގުތީގޮތުން ރިސޯޓް ބަންދުކޮށްފައި އޮތް އޮތުން ދިގު މުއްދަތަކަށް އިތުރުކުރުމަށް ބޯޑް އޮފް ޑިރެކްޓަރުންގެ ފަރާތުން ނިންމާފައިވާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން ރިސޯޓްގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ރިސޯޓް ބެލެހެއްޓުމަށް ކެއަރ އެންޑް މެއިންޓްނެންސް ޓީމެއް އޮންނާނެކަމަށް މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމުގެ ސަބަބުން އައްޑޫ ސިޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކުރާނެކަމަށް ބެލެވެއެވެ. 

ޝަންގްރިލާގެ އިތުރުންވެސް އައްޑޫ ސިޓީގެ ހެރަތެރައިގައި ހިންގަމުންދާ ކެނަރީފް ރިސޯޓްވެސް ވަނީ ދެ އަހަރު ދުވަހަށް ބަންދުކުރަން ނިންމާފައެވެ.

Advertisement

ކޮމެންޓް