ޓީޗަރުންނަށް ފްލެޓް ދިންގޮތާއި މެދު ޓޭމްއިން ކަންބޮޑުވުން ފާޅުކޮށްފި

27 Aug 2020 | 21:36

ހިޔާ މަޝްރޫއުގެ ތެރެއިން އެޗް5 ނުވަތަ ޓީޗަރުންނަށް ޚާއްސަ ކެޓަގަރީން ފްލެޓްތައް ދިންގޮތާއި މެދު ޓީޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓޭމްއިން ކުރި ޓްވީޓެއްގައި ބުނީ ތަޢުލީމީ ދާއިރާގެ ހާލަތު ދައްވަމުންދާ ދަނޑިވަޅެއްގައި ދާއިރާގައި ތިބި ޒުވާން އެތައް މުދައްރިސުންނަށް ބޯހިޔާވަހިކަން ލިބޭނެކަމުގެ އުންމީދު ދިނުމަށްފަހު އެއުންމީދު ގެއްލުމަކީ ދާއިރާގެ ކުރިމަގަށް ހީނަރުކަމެއް ލިބިދާނެ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެޗް5 ކެޓަގަރީގެ ފަރާތްތަކަށް ޕޮއިންޓް ދިންގޮތާއި މެދު ގިނަބަޔަކު ދަނީ މީސް މީޑިޔާގައި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

އެގޮތުން މާސްޓަސް ހަދާފައިވާ ފަރާތްތަކުގެ ދާއިރާގެ ސެޓްފިކެޓް ނެތްކަމަށްބުނެ ވަނީ 0 ޕޮއިންޓް ދީފައެވެ. ހަމަ އެއެއް ކޯހެއް ހެދި ދެ ފަރާތަކަށް ދެގޮތަށް ޕޮއިންޓް ދީފައި ހުރި މައްސަލަތަކެއްވެސް ޓީޗަރުންވަނީ ވޮއިސް އޮލްނައިންއާއި ހިއްސާކުރައްވާފައެވެ.

2018ވަނަ އަހަރު ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނަށް 625 ހައުސިންގ ޔުނިޓް ދޭން ނިންމި ނަމަވެސް، މިހާރު އެ އަދަދު ވަނީ 523އަށް ކުޑަކުރެވިފައެވެ.


Advertisement

ކޮމެންޓް