ކޮވިޑްއާއި ގުޅިގެން ހިލޭ ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ގޮވާލާ ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

26 Aug 2020 | 14:20

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމުން އަރައިގަތުމުގެ އެހީއެއްގެ ގޮތުން ހިލޭ ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އެބޭފުޅާ މި މައްސަލަ ހުށައަޅުއްވަމުން އެދިލައްވާފައިވަނީ ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންނާއި ދައުލަތުގެ އިނާޔަތްތައް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައްކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 24 މެންބަރަކު ވޯޓުދެއްވިއެވެ.

Advertisement

ކޮމެންޓް