ދިވެހިރާއްޖެއިން ކޮވިޑް-19 އަށް މިއަދު 178 މީހަކު ޕޮޒިޓިވްވެއްޖެ

26 Aug 2020 | 23:06

ދިވެހިރާއްޖެއިން ކޮވިޑް-19 އަށް މިއަދު 178 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ދިވެހިރާއްޖެއިން މި ބައްޔަށް އަލަށް ވަނީ 178 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ދެ ކޭހެއް ފިޔަވައި އެހެން ހުރިހާ ކޭހެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ.

މިއަދުވެސް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވެފައިވަނީ ދިވެހިންނެވެ. އެގޮތުން 141 ދިވެހިން ވަނީ ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެފައެވެ. އަދި ބަންގްލަދޭޝްގެ 25 މީހުން، އިންޑިޔާގެ 10 މީހުން އަދި ސްޕެއިންގެ ދެމީހުންވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއާއި އެކު މި ބައްޔަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 7225 އަށް އަރާފައެވެ. މި ބަލިން 4561 މީހަކު ރަނގަޅުވެފައިވާއިރު، 28 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

Advertisement

ކޮމެންޓް

Advertisement