ތާޖުއްދީން ސްކޫލްގެ ހޯލް ޚާއްސަ ފެސިލިޓީއަކަށް ހޯލް ބަދަލުކުރަނީ

28 Aug 2020 | 15:16

ކޮވިޑް-19 ޖެހިގެން ހޯމް އައިސޮލޭޝަންގައި ތިބޭ ފަރާތްތަކަށް ކުދި ފަރުވާތައް ދޭނެ ފެސިލިޓީއެއްގެ ގޮތުގައި ތާޖުއްދީން ސްކޫލްގެ ހޯލް ތަރައްގީކުރަން ފަށައިފިއެވެ.

އެގޮތުން 19 އެނދު ހުންނަ މި ފެސިލިޓީއަށް ބޭނުންވާނެ ބައެއް ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުންނެވެ. އެގޮތުން އެތަނުގައި އެނދުތައް ބެހެއްޓުމުގެ މަސައްކަތް އެކުންފުނިން އިއްޔެ ވަނީ ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ކޮވިޑް-19 ބަލިމީހުންނަށް ދިމާވާ ސިއްހީ އެހެނިހެން މައްސަލަތަކަށް ފަރުވާދޭން ހަދާ ތަނެކެވެ. އެގޮތުން މާލޭގައި ހޯމް އައިސޮލޭޝަންގައި ހުރި މީހަކު، ހަކުރު މަތިވެ ނުވަތަ އައިވީ ގުޅަން ޖެހިއްޖެ ހާލަތެއްގައި ގެންެދާނީ މިތަނަށެވެ. އަދި އެފަރާތްތަކުގެ ހާލަތު ރަނގަޅުވުމުން އަނެއްކާވެސް ހޯމް އައިސޮލޭޝަނަށް ބަދަލު ކުރާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މީގެ ކުރިންވެސް ވަނީ ބަލީގެ ހާލަތު ގޯސްވެ، ފެސިލިޓީތަކަށް ބާރުބޮޑުވެއްޖެނަމަ ސްކޫލްތަކުގެ ހޯލްތައް ފަދަ ތަންތަނުގައި ބަލިމީހުން ބައިތިއްބަން ޖެހިދާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement