"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" އިދިކޮޅުން މާލޭގައި ސައިކަލު ބުރެއް ބާއްވައިފި

28 Aug 2020 | 21:32

"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް"، މި ނަމުގައި އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން މާލޭގައި ސައިކަލު ބުރެއް ބާއްވައިފިއެވެ.

މި ސައިކަލް ބުރު ކުރިއަށް ގެންގޮސްފައިވަނީ އިދިކޮޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށްގެންދިޔަ އިހްތިޖާޖުތަކާއި ގުޅިގެންނެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށިގެން މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ސައިކަލް ބުރުގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. މި ހަރަކާތުގެ ބައިވެރިން ވަނީ ސަރުކާރުގެ އިސްތިއުފާއަށާއި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާފައެވެ.

މި ސައިކަލް ބުރުގެ ބައެއް ފޮޓޯތަކުންނާއި ވީޑިޔޯތަކުން ފެންނަ ގޮތުގައި މި ހަރަކާތުގެ ބައެއް ބައިވެރިން ތިބީ މާސްކް ރަނގަޅަށް ނާޅައެވެ. އަދި ގައިދުރުކަން ރަނގަޅަށް ތަންފީޒު ނުކޮށް ތިބިކަންވެސް ފާހަގަކޮށްލެވެއެވެ.

ސައިކަލް ބުރު ނިންމާލުމަށްފަހު ޕީޕީއެމް-ޕީއެންސީގެ އިސްވެރިން ވަނީ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

Advertisement

ކޮމެންޓް