Advertisement

ރޭ ނިޔާވި އަންހެންމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ބުނެފި

29 Aug 2020 | 11:58

ރޭގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު އަންހެންމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ބުނެފިއެވެ.

އެޗްއީއޯސީގެ މީޑިޔާ ޓީމުން ބުނީ އެ އަންހެންމީހާ ނިޔާވި ފަހުން އޭނާގެ ސާމްޕަލް ނެގުނު އިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރޭގެ ވަގުތެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު 21 އަހަރުގެ މި އަންހެން އަންހެނާގެ މަރުގެ މައްސަލަ ފުލުހުން މިވަގުތު ދަނީ ބަލަމުންނެވެ.

މި ޒުވާނާ މީގެކުރިން ވަނީ ދިވެހިރާއްޖޭގެ މަޝްހޫރު އޮންލައިން ނޫހެއްގައި ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. 

Advertisement

ކޮމެންޓް