ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފި

29 Aug 2020 | 15:56

މާލޭ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އެހެންކަމުން 30 އޮގަސްޓް 2020 އިން ފެށިގެން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި، ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 6:00 އިން ރޭގަނޑު 9:30 އަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން އެދިފައެވެ.

Advertisement

ކޮމެންޓް