ފަހަތުން އަރައި މޮޅުވެ އިނގިރޭސިން ނޭޝަންސް ލީގުގެ ސެމީއަށް

19 Nov 2018 | 08:48

ފަހަތުން އަރައި 2-1 ކުން ކްރޮއޭޝިއާ ބަލިކޮށް އިނގިރޭސިން ޔުއޭފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކްރެމެރިޗް ފޮނުވާލި ހަމަލާއެއް އިނގިރޭސި ޓީމުގެ އެރިކް ޑައާގައިގަ ޖެހިފަ ޑިފްލެކްޓްވެގެން ގޯލުތެރެއަށް ވައިން ލަނޑާއެކު ކްރޮއޭޝިއާ މެޗުގެ ކުރި ހޯދާފައިވަނީ 57 ވަނަ މިނެޓުގައެވެ.

ކްރޮއޭޝިއާގެ ލަނޑަށްފަހު އިނގިރޭސިން ކުޅުން ރަނގަޅުކޮށް ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ ލިބުނު ފުރުސަތުގެ ބޭނުން ހިފާ ކެޕްޓަން ހެރީ ކޭން ގޯލު ކުރިމަތިން ހުސްކޮށްލާފަ ދިން ބޯޅައަކުން ޖެސީ ލިންގާޑް ނަތީޖާ އެއްވަރު ކޮށްދިނުމެވެ. އިނގިރޭސިންގެ ދެވަނަ ލަނޑަކީ މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް ލިބުނު ހިލޭ ޖެހުމަކުން ބެން ޗިލްވެލް ނަގައިދިން ހުރަހަކުން ހެރީ ކޭން ޖަހައިދިން ލަނޑެކެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިނގިރޭސިންގެ ކޯޗު ގަރެތް ސައުތް ގޭޓްބުނީ މުޅި އަހަރުވެސް އެންމެ ހިތްހަމަ ޖެހޭ ކަމަކަށްވެފައިވަނީ އިނގިރޭސި ސަޕޯޓަރުންނައި ކުޅުންތެރިންގެ މެދުގައި އޮންނަ ބަދަހި ގުޅުންކަމަށެވެ.

މުޅި މެޗުގައިވެސް އިދިކޮޅު ޓީމަށްވުރެ މޮޅަށް ކުޅެފައިވަނި އިނގިރޭސިންގެ ޓީމް ކަމަށާއި އަދި މިމެޗުން އިނގިރޭސިން މޮޅުވެފައިވަނީ ޓީމެއް މޮޅުވާންޖެހޭ ގޮތަށް ކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

މި ގުރޫޕުގައި ހިމެނޭ ހުރިހާ ޓީމެއްވެސް ހަތަރު މެޗު ކުޅުނު އިރު އިނގިރޭސިންނަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ސްޕެއިންއަށް 6 ޕޮއިންޓް ލިބިފައިވާއިރު ކްރޮއޭޝިއާއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. 

Advertisement

ކޮމެންޓް