"އޮޕަރޭޝަން ކެކްޓަސް" ގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދެނީ

06 Sep 2020 | 16:54

1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާގެ ސިފައިން ހިންގި "އޮޕަރޭޝަން ކެކްޓަސް" އާއި ގުޅޭގޮތުން ނެޓްފްލިކްސްގައި ފިލްމެއް ގެނެސްދިނުމަށް ނިންމައިފިއެވެ.

އޮޕަރޭޝަން ކެކްޓަސްއަކީ ދިވެހި ބާޣީންނާއި ސްރީލަންކާގެ ވަކިވެގަތުމަށް މަސައްކަތްކުރި ޕްލޯޓް ޖަމާއަތުން އެމްވީ ޕްރޮގްރެސް ލައިޓް ފޭރިގަނެގެން ދިޔައިރު، އެކަން ހުއްޓުވާ ރަހީނުން ސަލާމަތްކުރި އޮޕަރޭޝަނެވެ.

މި އޮޕަރޭޝަން ހިންގުމަށް އިންޑިއާގެ ސިފައިން ދިވެހިރާއްޖެއަށް އައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ އެދިލެއްވުމުގެ މަތިންނެވެ. މިފަދައިން އެމަނިކުފާނު އެދިލައްވާފައިވަނީ ރަހީނުން ގޮވައިގެން ހަނގުރާމަވެރިން ފިލުމުގެ ކުރިންނެވެ. 

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަދިތްޔަ ނިމްބަލްކާރު ޑައިރެކްޓްކޮށް، ފޮކްސް ސްޓާ ސްޓޫޑިއޯ އަދި ނެޓްފްލިކްސްއިން ގުޅިގެން މި އޮޕަރޭޝަންގެ މައްޗަށް ބިނާކޮށް ފިލްމެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ފިލްމްގައި މަޝްހޫރު އެކްޓަރ ޝާހިދު ކަޕޫރް ފެނިގެންދާއިރު، އޭނާ އަދާކުރުމަށް ހަމަޖެހިފައިވަނީ އެ އޮޕަރޭޝަންގެ ކޮމާންޑަރ ބްރިގޭޑިއަރ ފާރޫގް ބަލްސާރާގެ ރޯލެވެ. މި ފިލްމްގެ ޝޫޓިންގ އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް