ސްވިޓްޒަލޭންޑުން ދުނިޔޭގެ އެއްވަނަ ބެލްޖިއަމް ބޮޑުތަފާތަކުން ބަލިކޮށްފި

19 Nov 2018 | 09:18

ޔުއޭފާ ނޭޝަންސް ލީގުގައި ރޭ ސްވިޓްޒަލޭންޑް އަދި ބެލްޖިއަމް ބައްދަލުކުރި މެޗު 2-5 ގެ ބޮޑު ތަފާތަކުން ސްވިޓްޒަލޭންޑް ކާމިޔާބުކޮށްފިއެވެ.

ތޯގަން ހަޒާޑް 2 ވަނަ އަދި 17 ވަނަ މިނެޓުގައި ޖަހައިދިން އަވަސް ލަނޑުތަކާއެކު ބެލްޖިއަމްވަނީ މެޗުގެ ކުރި ވަރަށް ފަސޭހައިން ހޯދާފައެވެ. ނަމަވެސް މި ދެލަނޑާއެކު މެޗު ފަސޭހަކޮށްލުމުގެ ނަތީޖާއަކަށްވީ ބެލްޖިއަމްގެ ޑިފެންސްއަށް ބާރުބޮޑުވުމުވެ.

އެގޮތުން ސްވިޓްޒަލޭންޑްގެ ފުރަތަމަ ލަނޑަކީ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ރިކާޑޯ ރޮޑްރިގޭޒް ޖަހައިދިން ލަނޑެކެވެ. އޭގެ ފަސް މިނެޓުފަހުން ސެފެރޯވިޗްވަނީ ސްވިޓްޒަލޭންޑްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ހުއްޓައި ސްވިޓްޒަލޭންޑް މެޗުގެ ކުރި ހޯދަދިނީވެސް ސެފެރޯވިޗްއެވެ. މި މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައި ސެފެރޯވިޗްވަނީ އިތުރު ލަނޑެއްޖަހައި ހެޓްރިކް ހަދާފައެވެ.

ސްވިޓްޒަލޭންޑްގެ އަނެއް ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލުގެ ތަރި ޝަގީރީ ދިން ބޯޅައަކުން އެލްވެދީއެވެ.

މިނަތީޖާއަށްފަހު ލަނޑުގެ ތަފާތުން ސްވިޓްޒަލޭންޑްއަށް ގުރޫޕުގެ އެއްވަނަ ލިބޭއިރު ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ގްރޫޕުގެ ފުލުގައި އޮތީ އައިސްލޭންޑްއެވެ.

Advertisement

ކޮމެންޓް