Advertisement

ހޯމް މިނިސްޓަރ އިމްރާން ގެ މައްސަލަ މިއަދު 1 އަށް ތާވަލް ކޮއްފި

19 Nov 2018 | 11:26

ދައުލަތުން އެދިގެން ރިވިއު ކުރުމަށް ނިންމާފައިވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲގެ މައްސަލަ ސްޕްރީމްކޯޓުން މިއަދު މެންދުރު 13:00އަށް ތާވަލްކޮށްފި އެވެ.

ޝައިޚް އިމްރާން މައްޗަށް ކޮށްފައިވާ 12 އަހަރުގެަ ޖަލުހުކުމް ރިވިއުކުރަންއެދި ލިޔެކިޔުންތައްވަނީ ސުޕްރީމް ކޯޓަށް މީގެކުރިން ހުށައަޅާފައެވެ.

2015 ވަނަ އަހަރު މޭޑޭގެ ބޮޑު މުޒާހަރާގައި ޝެއިހް އިމްރާން ބައިވެރިންނާއި މުހާތަބުކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން ބަޔަކަށް ހިތްވަރު ލިބި ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ނިންމާ އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހު އެދައުވާ ސާބިތުވާކަމަށް ނިންމާ 12އަހަރުގެ ޖަލުހުކުމެއް ވަނީ ކޮއްފައެވެ.

ކުރިމިނަލލް ކޯޓުގެ މިނިންމުމާ ގުޅިގެން ހައިކޯޓަށް މިމައްސަލަ ހުށައަޅި ނަމަވެސް ހައިކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައެވެ. އެހެން ކަމުން ހައިކޯޓުގެ ނިންމުން ސްޕްރީމްކޯޓަށް އިލްތިމާސަށް ހުށައެޅިއެވެ. ނަމަވެސް އެފަހަރު ސްޕްރީމްކޯޓުން އެ މައްސަލަ ބަލައިގަނެފައެއް ނުވެ އެވެ.

އިމްރާން ގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބުދުﷲ މުހައްމަދު ގަވައިދާއި ހިލާފަށް އެކަހެރިކޮށް ބެހެއްޓި މައްސަލައެއްގައި އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާއި ގުޅިގެން އައިސްފައިވާ 13 އަހަރުގެ ޖަލުހުކުމް ދައުލަތުން އެދިގެން ރިވިއު ކުރުމަށް ނިންމާފައިވާ މައްސަލަ މިއަދު 10:00 ތާވަލް ކުރެވި މިހާރުދަނީ ކުރިއަށެވެ. ނަޝީދު މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމަށް މީގެކުރިން ހައިކޯޓާއި ސްޕްރީމްކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ.

Advertisement

ކޮމެންޓް

Advertisement