ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތިންވަނަ ފަންގިފިލާއިން ބިދޭސީ މަސައްކަތްތެރިއަކު ވެއްޓިއްޖެ

08 Sep 2020 | 10:25

ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތިންވަނަ ފަންގިފިލާއިން ބިދޭސީ މަސައްކަތްތެރިއަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ލޮޓް ނަންބަރު 10527ގެ އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އިމާރާތުގެ 3ވަނަ ފްލޯއިން ބަންގްލަދޭޝް މީހަކު ވެއްޓުނުކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލަތު ސީރިއަސް ނޫންކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް