Advertisement

ރައީސް ޔާމީންގެ މެސެޖް: ރައްޔިތުންނަށް ހެޔޮއެދޭ އެއްވެސް ލީޑަރަކު މި ސަރުކާރަކުއެއް ނެތް

09 Sep 2020 | 00:13

މި ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ އެއްވެސް ލީޑަރަކު ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖަލުގައި ހުންނަވާ، ގާނޫނީ ވަކީލުންގެ ޓީމް މެދުވެެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

ދިވެހިރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށްވާ "އަވަސް" މެދުވެެރިކޮށް ރައީސް ޔާމީންގެ މެސެޖް ރައްދުކުރެއްވީ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލް އަހުމަދެވެ.

މި މެސެޖްގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ހަމަ އެއްވެސް މީހަކު އަދި ހާއްސަކޮށް އެއްވެސް ލީޑަރެއް މި ސަރުކާރުގައި ނެތް ކަމަށެވެ. މީގެ އިތުރުން ގައުމުގެ ހައްގުގައި ހުރިހާ ރައްޔިތުންވެސް ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ އެދިލައްވާފައެވެ. އަދި ގައުމީ ވަންތަކަމަށާއި މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ފުރުސަތެއް ނުދިނުމަށް ރައީސް ޔާމީން ވަނީ އެދިލައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲޔާމީންގެ މައްޗަށް މަނީލޯންޑްރިންގގެ ކުށެއް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ދަނީ ތަންފީޒުކުރައްވަމުންނެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާއިރު، އެމަނިކުފާނުގެ މައްޗަށް މަނީލޯންޑްރިންގގެ އެހެން މައްސަލައެއްގެ ދައުވާވެސް ވަނީ އުފުލިފައެވެ.


Advertisement

ކޮމެންޓް

Advertisement