Advertisement

ސައިކަލް ބުރުގެ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

13 Sep 2020 | 07:58

"އަޅުވެތިކަމާ ދެކޮޅަށް"ކަމަށްބުނެ ޒުވާނުންތަކެއް މިއަދު ހަވީރު މާލޭގެ މަގުމަތީގައި ބޭއްވުމަށް މަސައްކަތްކުރި ސައިކަލް ބުރުގެ ބައިވެރިންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފަށައިފިއެވެ.

އެގޮތުން މި ސައިކަލް ބުރު ފެށުނަ ނުދީ، ފުލުހުން ވަނީ މިއީ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި ޚިލާފަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އަޑުގަދަކުރާއިން ފާހަގަކޮށްފައެވެ.

އެއަށްފަހު އެއްވުން ރޫޅާލާނެކަމުގެ އިންޒާރު ދިނުމަށްފަހު، އެސްއޯ ފުލުހުން މިހާރު ދަނީ މި ސައިކަލް ބުރުގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް