ތުރުކީގެ ވެރިރަށަށް މަދުންނޫނީ ނުފެންނަ ވެލީގެ ތޫފާނެއް

14 Sep 2020 | 07:40


ތުރުކީއަށް ވަރަށް މަދުނޫންނީ ނާންފަދަ ވެލީތޫފާނެއް އިއްޔެ އެގައުމުގެ ވެރިރަށް އަންކާރާއަށް އަރައިފިކަމަށް ތުރުކީގެ ޚަބަރުތައްބުނެއެވެ. އަންކާރާގެ ދެ ޑިސްޓްރިކްއަކަށް ވެލީގެ ތޫފާންއައިސްޖެހުނުއިރު މީހުން ތިބީ ވަރަށް ބިރުންނެވެ. ދުރުދުރުން ވެލީގެ ތޫފާން އުދަރެހުން ދައްކާލާފައިހުރީ ވަރަށް ބިރުވެރިގޮތަކަށެވެ. ތޫފާންތެރޭގައި މުޅިރަށް ހިރަފުހުން އަދިރިކޮށްލިއެވެ. އެއަނދިރީގެތެރޭގައި ބައެއްފަހަރު ވުދުވަރުގެ އަލިކަން ހުރެއެވެ. ބައެއް ވީޑިއޯތަކުގައި މީހުން ބިރުން ތަކްބީރުކިޔައި ހެޔޮއެއްޗެހި ކިޔާ އަޑުއިވެއެވެ. ކުރީ ޒަމާނުގައި އަލިފާނުން އަދައިގެންދިޔަ އިޓަލީގެ ޕޮމްޕޭގެ ފިލްމީ މަންޒަރުތައް މިތޫފާނުން ހިނދުކޮޅަކަށް ހިތްތަކަށް ވައްދައިދެއެވެ. ވެލީގެ ތޫފާން އައިސްޖެހުމުގެ ކުރިން ބޯވާރެއާއެކު ތޫފާންތައް ޖެހިދާނެކަމުގެ އިންޒާރު އަންކާރާގެ މީޓިއޮރޮލޮޖިކަލް އޮތޯރިޓީން ދީފައި އޮތެވެ. މިތޫފާންގެ ވީޑިއޯތައް އަންކާރާގެ މޭޔަރުގެ އޮފީހުންނާއި ތުރުކީގެ މީޓިއޮރޮލޮޖިކަލް އޮފީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

Advertisement

ކޮމެންޓް