ނެޓްފްލިކްސްގެ ފިލްމު "އެނޯލާ ހޮމްސް" ސެޕްޓެމްބަރ 23 ގައި ރިލީޒްކުރަނީ

19 Sep 2020 | 10:14

އިނގިރޭސި ވާހަކަފޮތްތަކުގެ މަޝްހޫރު ޚިޔާލީ ޑިޓެކްޓިވް ޝާލޮކް ހޮމްސްގެ ކޮއްކޮ އެނޯލާގެ ވާހަކަ ދައްކުވައިދޭ ފިލްމް، "އެނޯލާ ހޯމްސް" ނެޓްފްލިކްސް އިން މިމަހުގެ 23 ގައި ރިލީޒް ކުރުމަށް ހަމަ ޖެހިއްޖެއެވެ.

ނެޓްފްލިކްސްގެ ކުރިޔަށް އޮތް ފިލްމް އެނޯލާ ހޮމްސްގައި މަޝްހޫރު އެކްޓްރެސް މިލީ ބޮބީބްރައުން މުހިންމު ދައުރެއްއަދާ ކުރެއެވެ. އެމެރިކާގެ ލިޔުންތެރިޔާ ނެންސީ ސްޕްރިންގާގެ ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ އެނޯލާ ހޮމްސް ފިލްމުގައި މިލީ ކުޅުމަށް ހަމަޖެހިފައިވާ ރޯލްކަމަށްވާ އެނޯލާއަކީ ސްކޫލުން ފިލައިގެން، އޭނާގެ ގެއްލިފައިވާ މަންމަ ހޯދަން މަސައްކަތް ކުރާ ކުއްޖެކެވެ.

ބްރައުންގެ އިތުރުން އެނޯލާގެ ބޭބެގެ ގޮތުގައި ހެންރީ ކެވިލް، ޝާލޮކް ހޮމްސް ކުޅޭ އިރު ސޭމް ކްލެފްލިން މައިކްރޯފްޓް ހޮމްސްގެ ގޮތުގައި ފީޗާ ކުރެވިގެންދާނެއެވެ. މިފިލްމްގެ ޓްރެއިލާ އޮގަސްޓް މަހު ރިލީޒް ކުރެވިފައިވާ އިރު ފިލްމް ރިލީޒް ކުރުމަށް ހަމަ ޖެހިފައި ވަނީ ސެޕްޓެމްބަރ 23 ގައެވެ.

ހެރީ ބްރެޑްބިއަރ ޑައިރެކްޓް ކުރާ މި ފިލްމުގައި ވާގޮތަށް ބަލާލާއިރު އެނޯލާގެ 16 ވަނަ އުފަން ދުވަހު އޭނާގެ މަންމަ ގެއްލެއެވެ. މި ޙަބަރު ހިފައިގެން އޭނާގެ ބޭބެ މެންނާ ހަމައަށް ދިއުމުން އެނޯލާ އަންހެނުންގެ ޚާއްސަ ސްކޫލަކަށް ފޮނުވާލައެވެ. އެހެން ނަމަވެސް އޭނާގެ ބޭބެމެންނަށް ނޭނގި ސްކޫލް އިން ފިލައިގެން އޭނާގެ މަންމަ ހޯދުމުގެ މަސައްކަތް އަމިއްލައަށް ފަށައެވެ. މިކަމުގެ ތެރޭގައި އެނޯލާ ފަދައިން ފިލައިގެން އުޅޭ ލޯޑް ޓޫކްސްބަރީ އާއި ދިމާވެއެވެ.އަދި އަމިއްލަ ބޭބެމެންނަށް އޮޅުވާލައި އެކިއެކި މިސްޓްރީ ތަކުގެ ހަގީގަތް ހޯދައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަންހެނުންގެ ބާރުވެރިކަމަށް އަލިއަޅުވާލައި މި ފިލްމުގައި ޝާލޮކް އަކީ އަންހެނުންނާއި ދޭތެރޭ ތަފާތު ކުރުން ބޮޑު މީހެކެވެ.އެހެން ނަމަވެސް ފިލްމް ނިމިގެން ދާއިރު އެނޯލާގެ މަސައްކަތް ފެނި ވިސްނުން ބަދަލު ވެގެން ދެއެވެ.އަދި އޭނާގެ ފަރާތުން އޯގާވެރި ކަމާއި އިންސާނިއްޔަތް ތެރިކަން ފެނިގެން ދެއެވެ.މި ފިލްމްގެ ތަރި މިލީ ބޮބީ ބޮރައުން ބުނި ގޮތުގައި އޭނާ ބޭނުން ވަނީ އެނޯލާގެ ދައުރުގެ މުހިންމު ކަން ހާމަ ކޮށްދިނުމަށެވެ.އަދި އެނޯލާ އަށް ޝައުގު ވެރިކަން އުފެދުނީ އޭނާގެ ދައްތައާއި އެކު ނެންސީ ސްޕްރިންގާގެ ފޮތްތައް ކިޔުމަށް ފަހުގައި ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމުގެ ސަބަބުން މި ފޮތްތަކުގެ މައްޗަށް ފިލްމެއް ބިނާ ކުރުމަށްޓަކައި ޕްރޮޑަކްޝަން ކޮންޕެނީއެއްގެ ވެރިފަރާތް ކަމުގައިވާ މިލީގެ މަންމައާއި ބައްޕަ ކައިރި ވާހަކަ ދެކެވުނެވެ. އަދި ޕްރޮޑިއުސާގެ މަޤާމް މިލީއާއި އޭނާގެ ދައްތައަށް ހަމަޖެހުނެވެ. 

ލިޔުނީ:މަރްޔަމް މަހާޝިން

Advertisement

ކޮމެންޓް