އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްއަކީ މި ސަރުކާރުން އެޅިތަނެއްކަމަށް މެންބަރު އަހްމަދު ރަޝީދު ވިދާޅުވެއްޖެ

20 Sep 2020 | 15:26

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްއަކީ މި ސަރުކާރުން އެޅިތަނެއްކަމަށް ބުނެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ރަޝީދު އިތުރުފުޅު ހައްދަވައިފިއެވެ.

މިރޭ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހްމަދު ބުނެފައިވަނީ އައްޑޫ ކުއެޓޯރިއަލް ހޮސްޕިޓަލްއަކީ މި ސަރުކާރުން އައްޑޫގެ ސިއްހީ ނިޒާމް ވަރުގަދަ ކުރުމަށް ތަރައްޤީކުރި ހޮސްޕިޓަލެއްކަމަށް ވިދާޅުވެފައެވެ.

"މުޅި ހޮސްޕިޓަލާއި، އިކުއިޕްމެންޓް ފުލްކޮށްހެދީ މި ސަރުކާރުން، އެ އިމާރާތްވެސް ހެދީ އެމްޑީޕީގެ ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ސެންޓަރުގެ ނަމުގައި" އަހްމަދު ރަޝީދު ވިދާޅުވިއެވެ.

މެންބަރު އަހްމަދު ރަޝީދު މިފަދައިން ވިދާޅުވެފައިވީނަމަވެސް، އައްޑޫ އިކުއެޓޯރިއަލް ސެންޓަރު ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމުގެ މައްސައްކަތުގެ ފަށައި ނިމިދިޔަ ސަރުކާރުން ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ބޮޑު ބައި ނިންމާފައެވެ.

އެގޮތުން އައްޑޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް 23 ފެބްރުއަރީ 2018 ނިންމައި އެކަން ވަނީ އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު އިއުލާންކުރައްވާފައެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލްގެ މައި އިމާރާތާއި އޮފީސް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް 23 ފެބްރުއަރީ 2018 ނިމިފައިވާ ކަމަށާއި މެޑިކަލް އާއި އިލެކްޓްރޯނިކަލް މަސައްކަތްތަކާއި އެތެރޭގެ ފިނިޝިން މަސައްކަތްތައް އޭރު ފަށާފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ބޭނުންވާ ސިއްހީ ދާއިރާގެ އެއްޗެހީގެ އިތުރުން އެހެނިހެން ތަކެތި ވެސް ހޯދުމުގެ މަސައްކަތް 2018 ކުރަމުން އަންނަ ކަމަށްވެސް މުއިއްޒުގެ ޓުވީޓުގައިވަނީ ވިދާޅުވި އެވެ.

"ރައީސް ޔާމީންއެއް ބޭނުމެއްނުވޭ އައްޑޫގައި ހޮސްޕިޓަލްއެއްއަޅަން،... އެތަން ހޮސްޕިޓަލަކަށް ހަދަނީކަމަށް ބުނެ ދައްކަ ދައްކާ ހުއްޓަ މިސަރުކާރުން އައިސް އެތާގެ ފުރާޅުވެސް ހުރިހާކަމެއް ރަނގަޅުކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ" މެންބަރު އަހްމަދު ރަޝީދު ވިދާޅުވިއެވެ.

މެންބަރު މިހެން ވިދާޅުވިނަމަވެސް ބިޔަ ބޮޑު ޒަމާނީ ހޮސްޕިޓަލްގެ 20.9 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ މި ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނުވަނީ ނިމުނު ސަރުކާރުން ގެނެސްފައެވެ.

މި ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހުޅުވާފައިވަނީ އެތަކެއް މަޑުޖެހުމަކަށްފަހު 2019 ވަނަ އަހަރުގެ ޑިސެންބަރ މަހުގެތެރޭގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ގާއިމްކުރެވިފައިވާ ޓާޝަރީ ހޮސްޕިޓަލްއިން މާލެއިން ނޫނީ ރާއްޖޭގެ އެއްވެސް ތަނެއްގައި ނުލިބޭ ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމްވަނީހަމަޖެހިފައެވެ. އޭގެތެރެގައި އެމްއާރްއައި އާ ސީޓީ ސްކޭންގެ ޚިދުމަތާއި އެންޑޯސްކޯޕީ، ކޮލޮނޮސްކޮޕީ އަދި ބްރޮންކޮސްކޯޕީ އާއި އެކު ޒަމާނީ ލެބްގެ ޚިދުމަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ލިބޭނެއެވެ.

ނަމަވެސް މި ސަރުކަރުން ހޮސްޕިޓަލް ހިނގުމުގައި ފެއިލްވެފައިވާކަމަށާއި، ގިނަ ހިދުމަތްތައް ނުފެށިފަިވާކަމަށް ބުނެ އައްޑޫގެ ގިނަ ރައްޔިތުން އަންނަނީ ސަރުކާރަށާއި، އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ ކައުންސިލާއި މަޖިލިސް މެންބަރުންނަށް ފާޑުވިދާޅުވަމުންނެވެ. 

Advertisement

ކޮމެންޓް