ކޮވިޑް-19ގެ ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 34އަށް

21 Sep 2020 | 11:10

ރާއްޖޭގައި ކޮވިޑް-19 ބަލިޖެހިގެން އެ ބަލީގައި ނިޔާވި މީހުންގެ ޢަދަދު 34 އަށް އަރާފައިވާ ކަމުގައި ނޭޝަނަލް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއޯއީސީން މިއަދު މައުލޫމާތު ދިން ގޮތުގައި ރޭގެ ވަގުތެއްގައި އުމުރުން 90 އަހަރުގެ އިސްރަށްވެއްސެއްވަނީ ކޮވިޑް-19 ބަލީގައި ނިޔާވެފައެވެ.

ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާކުރަމުން އައި މީހެއް ކަމުގައިވެސް އެ ސެންޓަރުން ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި 34 މީހުން ނިޔާވެފައިވާއިރު، 107 މީހަކު މިވަގުތު ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ހޯދަމުންދާ ކަމުގައި އެޗްޕީއޭއިން ބުނެއެވެ.

Advertisement

ކޮމެންޓް

Advertisement