Advertisement

އިންޑިއާގެ ބިވަންދީގައި އިމާރާތެއް ވެއްޓި ބިމާ ހަމަވެއްޖެ

21 Sep 2020 | 16:27

އިންޑިއާގެ މުމްބައި އާއި ކައިރި ސަރަހައްދެއް ކަމަށްވައި ބިވަންދީގައި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި ބިމާ ހަމަވެ މި ހާދިސާގައި 10 މީހުން މަރުވެއްޖެއެވެ.

ޙަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މި ހާދިސާގައި 20 އާއި 25 ދޭތެރޭގެ އަދަދަކަށް މީހުން ގަލާއި އެހެނިހެން ކުނިބުނީގެ ދަށުގައި ތާށިވެފައިވާ އިރު، 10 މީހުން ވަނީ މިހާދިސާގައި މަރުވެފައެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މެންދަމުން އަލިވެ 3:40 ގައި ކަމަށް މައުލޫމާތުދެއެވެ. އަދި މި އިމާރާތަކީ މީގެ ކުރިން ގެއްލުންހުރި އިމާރާތެއްގެ ގޮތުގައި ފާހަގަކޮށް، މީހުން ނެރުމަށް ނޯޓިސް ދީފައިވާ ކަމަށް ބިވަންދީ-ނިޒަމްޕުރަ ސިޓީ މުނިސިޕަލް ކޯޕަރޭޝަންގެ ކޮމިޝަނަރ ، ޕަންކަޖް އަޝިޔާ ވިދާޅުވެފައިވެއެވެ. 

މި އިމާރާތުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރުމަށް 40 އަށްވުރެ ގިނަ އެމަޖެންސީ މަސައްކަތްތެރިން ތިބި އިރު އޭގެ ތެރެއިން 30 މީހުންނަކީ ނެޝަނަލް ޑިޒާސްޓަރ ރިސްޕޮންސްގެ މަސައްކަތްކެރިންނެވެ.

މިޓީމުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ސަލާމަތް ކުރެވިފައިވާ 29 މީހުންނެވެ.އޭގެ ތެރެއިން 10 މީހުން ވަނީ މަރުވެފައެވެ .ފުނޑުވެފައިހުރި ގާތަކާއި ދަގަނޑު ނަރުތަކުގެ ތެރޭގައި ދިރިތިބި އިތުރު މީހުން ހޯދުމަށް މިހާރު ދަނީ ކުއްތާވެސް ބޭނުން ކުރެވެމުންނެވެ.

Advertisement

ކޮމެންޓް

Advertisement