ރައީސް ނަޝީދު ރާއްޖެއަށް އަނބުރާ ވަޑައިގެން ކަރަންޓީނަށް!

22 Sep 2020 | 14:54

އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހިރާއްޖެއަށް އަނބުރާ ވަޑައިގެންފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގަންނަވާފައިވާ ކަމަށެވެ.

އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ކަރަންޓީނުގައިކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

މި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ސްޕީކަރ ސަރ ލިންޑްސޭ ހޮއިލްއާއި ބައްދަލުކުރައްވާފައެވެ. 

Advertisement

ކޮމެންޓް