އިންސްޓަގްރާާމްގައި ބޭކާރުކޮށްލެވޭ ވަގުތު ދެން ބަލާލެވޭނެ!

20 Nov 2018 | 09:27

ދުނިޔޭގައި މޯބައިލް ފޯނު ގެންގުޅޭ އާބާދީގެ ބޮޑު އިންސައްތައަކީ ސްމާޓްފޯނުގެ އަހުލުވެރިންނެވެ. ޓެކްނޮލޮޖީގެ ތަރައްގީއާއި އެކު، އިނގިލި ކުރިއަށް ގިނަ އެޕްލިކޭޝަންތަކެއް އައިސްފައިވާއިރު، މީގެ ތެރެއިން ބައެއް އެޕްތަކަކީ، އެއަށް މީހުން އަޅުދާސްތުވެ، ވަގުތު އިސްރާފުކުރެވޭފަދަ އެޕްތަކަކަށް މިވަނީ ވެފައެވެ.

އޭގެ ތެރެއިން ހަމަގައިމުވެސް އެއް އެޕްލިކޭޝަން އަކަށްވާނީ އިންސްޓަގްރާމްއެވެ. އިންސްޓަގްރާމްއަކީ ދިވެހިންގެ ތެރެއިންވެސް ގިނަބަޔަކު ބޭނުންކުރާ އެއްޗަކަށްވީއިރު، އޭގެން މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ނަމަވެސް މިކަންތައް ހުއްޓުވުމަށް އިންސްޓަގްރާމުން މިވަނީ ޚާއްސަ ފިޔަވަޅެއް އަޅާފައެވެ. އެގޮތުން އިންސްޓަގްރާމްގައި ވަގުތު ހޭދަކުރެވޭ މިންވަރު ބެލުމަށް ޑޭޝްބޯޑެއް ވަނީ އުފައްދާފައެވެ.

"ޔުއަރ އެކްޓިވިޓީ" ނަމުގައިވާ މި ޑޭޝްބޯޑުގެ ޒަރިއްޔާއިން، ކޮންމެ ދުވަހަކު އިންސްޓަގްރާމް ބޭނުންކުރާާ މިންވަރު ދެނެގަނެވި، މަދުކުރަން ބޭނުންވެއްޖެ ހާލަތެއްގައި ހަނދާންކޮށްދިނުމުގެ ފީޗަރ އާއި އެކު މަދުވެސް ކޮށްލެވޭނެއެވެ. 

ނަމަވެސް މިފަދަ ފީޗަރއެއް އައިކަމުގައިވިޔަސް، އިންސްޓަގްރާމް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރާ އިރު، ފުރިހަމައަށް ބޭނުންކުރެވޭނީ އަމިއްލަ ނަފްސަށް ބަރޯސާވެގެން ކަމުގައިވަނީ ބުނެފައެވެ.

މަސްދަރު: މެޝެބަލް

Advertisement

ކޮމެންޓް