Advertisement

އެމެރިކާގެ ރިޔާސީ އިންތިޙާބު ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ނުވެއްޖެނަމަ ނަތީޖާ ބަލައި ނުގަންނާނެކަމުގެ އިޝާރާތެއް!

24 Sep 2020 | 18:56

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުން އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުހޮވިއްޖެނަމަ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާނެކަމުގެ އިޝާރާތެއް އެމަނިކުފާނު ކުރައްވައިފިއެވެ.

ޑޮނަލްޑް ޓްރަމްޕް މިކަމަށް އިޝާރާތްކުރައްވާފައިވަނީ ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނިއުސް ބްރީފިންއެއްގައެވެ. 

މިއަހަރުގެ ނޮވެމްބަރު މަހުގައި ބޭއްވޭ ރިޔާސީ އިންތިހާބު ޓްރަމްޕަށް ކާމިޔާބުނުކުރެއްވުނު ކަމުގައިވީނަމަވެސް، އަމާންކަމާއިއެކު ރައީސްކަމުގެ މަޤާމުން ފޭބުމަށް އިސްނަންގަވާނަންތޯ ރިޕޯޓަރަކު އެއްސެވުމުން ޓްރަމްޕް ވިދާޅުވެފައިވަނީ ތިކަމުގެ ޖަވާބު ފަހުން ފެނިގެންދާނެ ކަމަށެވެ. ރިޕޯޓަރު މިސުވާލު ތަކުރާރު ކުރެއްވުމުންވެސް ޓްރަމްޕް ވަނީ މިކަމަށް ވަކި ޖަވާބެއް ނުދެއްވާފައެވެ.

މީގެ ބަދަލުގައި ރައީސް ޓްރަމްޕް ފާހަގަކުރެއްވީ މެއިލް ކޮށްގެން ވޯޓް ކުރުމަކީ ނަތީޖާ އަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާތީ އެކަން ބަދަލުކުރުމަށް ބާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި އެގަފަދައިން ހަމަޖެހިއްޖެނަމަ ރައީސްކަމުގެ މަޤާމުން އޭނާ ފައިބަން ޖެހިވަޑައި ނުގަންނަވާނެކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެހެން ނަމަވެސް މިކަމާއި ގުޅިގެން ހިންގި ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާގައި މިފަދައިން މެއިލް ވޯޓުން ނަތީޖާއަށް ނޭދެވޭ އަސަރެއްވާ ފަދަ ކަމެއް ހިނގުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

މިކަމުގެ އިތުރުން ޑޮނަލްޑްގެ ވާދަވެރިޔާ ޖޯ ބައިޑަންއަށް އިޝާރަތްކުރައްވާ އޭނާއަށް މިއިންތިޙާބު ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އިންތިޙާބުގެ ނަތީޖާ ބަދަލުކޮށްގެން ކަމަށް ވަނީ ވިދާޅުވެފައެވެ. 

16 މިނެޓް މިބްރީފިންގައި ހޭދަ ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ “އެމަޖެންސީ ކޯލް” އެއް ލިބި ވަޑައިގެންނެވި ކަމަށް ވިދާޅުވެ އެތަނުން ނުކުމެ ވަޑައިގެންފައެވެ. ޓްރަމްޕްގެ މި އަމަލުތަކުގެ ސަބަބުން އިދިކޮޅު ޑިމޮކްރެޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލިޔުނީ:މަރްޔަމްް މަހާޝިން

Advertisement

ކޮމެންޓް