Advertisement

އިބްރަހީމޮވިޗް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

25 Sep 2020 | 07:12

ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު ފުޓްބޯޅަ ތަރި ޒްލަޓާން އިބްރަހީމޮވިޗް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު، އޭސީ މިލާން އަށް ކުޅެމުން އަންނަ 38 އަހަރުގެ އިބްރަހީމޮވިޗް މިވަގުތު ހުރީ ހޯމް ކަރަންޓީނުގައެވެ. އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް އާންމުނަށް މިކަން ކަށަވަރު ކޮށްދީފައެވެ.

މިލާނުގެ ޑިފެންޑަރު ލިއޯ ޑުއާޓޭ ކޮރޯނާ ވަައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެކްލަބުގެ ކުޅުންތެރިން ދެ ފަހަރުގެ މަތިން ޓެސްޓްތައް ހެދި އިރު އިބްރަހީމޮވިޗް ޕޮޒިޓިވްވި ކަމަށް ދައްކާފައިވަނީ ދެވަނަ ފަހަރަށް ހެދި ޓެސްޓުންނެވެ.

ޔޫރޯޕާ ލީގް ކޮލިފައިންގެ ތިންވަނަ ބުރުގައި އޭސީ މިލާން ކުޅުމަށް ހަމަޖެހިފައިވާ މެޗުން މި ދެ ކުޅުންތެރިން މިހާރު ވަނީ ބާކީ ކޮށްފައެވެ.

މިލާންގައި މަޑުކުރުމަށް އިތުރު އެއް އަހަރު ދުވަހަށް ކޮންޓްރެކްޓް އާކޮށްފައިވާ އިބްރަހީމޮވިޗް ވަނީ އެޓީމް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ. 

Advertisement

ކޮމެންޓް