ލ.އިސްދޫ ބައު މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ހިމެނުމަށް މަސައްކަތްކުރަނީ

25 Sep 2020 | 15:41

ލ.އިސްދޫ ބައު މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ހިމެނުމަށް މަސައްކަތްތަކެއް ފަށައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން ބުނީ ދުނިޔޭގެ ތަރިކައިގެ ވަގުތި ލިސްޓުގައި ހިމެނޭ ލ. އިސްދޫ ބައު މިސްކިތް، ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ޤާއިމްކުރަންޖެހޭ ބަފަރ ޒޯންއާއި ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ މުހައްމަދު ތާރިގާއި ލ.އިސްދޫ ކައުންސިލާއި ދެމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އިސްދޫގައި ހުރި އާސާރި ބައެއް އެހެން ތަންތަނާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ. 

އެގޮތުން އިސްދޫގެ ހަވިއްތަ ސަރަޙައްދު ސާފުކުރުމަށް އިސްދޫ ކައުންސިލާއި އެރަށު ސްކޫލުން އިއްޔެ ކުރިއަށްގެންދިޔަ މަސައްކަތް އިސްދޫ ސްކޫލުން ވަނީ ޙިއްސާކޮށްފައެވެ.

ލ.އިސްދޫ ބައު މިސްކިތަކީ 75 އަކަފޫޓު ހިމެނޭ 80 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ބިނާކުރެއްވީ މީލާދީން 1701 ގައި ސުލްޠާން މުޙައްމަދު (ދެއްވަދޫ ރަސްގެފާނު)ގެ ރަސްކަމުގައެވެ. މަޝްހޫރު އިސްދޫ ލޯމާފާނު ކުރިން ބޭއްވިފައި ވަނީ މި މިސްކިތުގައި ޚާއްސަ ތަނެއްގައެވެ. 

Advertisement

ކޮމެންޓް