Advertisement

އަންހެނުންގެ ހައްޤުތަކުގެ ވާހަކަ ދައްކަން ރޮޒެއިނާ ލަދު ގަންނަންޖެހޭނެ: ސުޖާޢު

02 Oct 2020 | 18:18

އަންހެނުންގެ ހައްޤުތަކުގެ ވާހަކަ ދައްކަން ރޮޒެއިނާ ލަދު ގަންނަން ޖެހޭނެކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރ އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ ކޮޗިން ފެރީއިން ރާއްޖޭގެ އަންހެނުންގެ ގާތަށް ދެން އަންނާނީ ބޮޑެތި މަތިމަސް ލީ މީހުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވުމުން އެކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ފާޑުކިޔުންތަކަށް ޝުޖާއު ރައްދު ދެއްވައިކުރެއްވި ޓުވީޓެތަކެއްގައެވެ.

ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި އަންހެނުންނަށް ނިސްބަތްކޮށް އެފަދަ އެއްޗިހި ވިދާޅުވާކަން އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ކޮންމެ ކަމަކާ ގުޅުވާފަވެސް އަންހެނުން ނިކަމެތިކޮށްލާ ގޮތް ހުސްވެފައި ތިބި ބައެއް ކަމަށް ދޭހަވާ ގޮތަށް ބަސް ބުނުން ހުއްޓާލުމަށް ރޮޒައިނާ ވަނީ ގޮވާލައްވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ޝުޖާ ވިދާޅުވީ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްގެން އެ މައްސަލަ ހުށަހެޅީމަ ރޮޒައިނާ މެން ތިއްބެވީ ހަނުކަމަށާއި، އަންހެނުންގެ ހައްޤުތަކުގެ ވާހަކަ ދައްކާފަ ވެރިކަން ލިބުނީމަ އެންމެން ބައިބަހައިގެން މުޅި ދައުލަތް ހުސްކޮށްލައިފިކަމަށެވެ.

"މި ދައްކަނީ ޑރ.މުނައްވަރުގެ ދަރިކަނބަލުންގެ ވާހަކަ. ކޮން ވާހަކައެއް ދައްކާކަށް. ތިއީ ކޮންބައެއް ކަން ދިވެހިންނަށް ވަރަށް ސާފު" ޝުޖާ ވިދާޅުވިއެވެ.

ރޮޒެއިނާ އަންހެނުންގެ ހައްޤުގައި ވާހަކަދައްކާވާފައިވާ އިރު މި ސަރުކާރުގެ އިސްވެރިންނާއި ރޮޒެއިނާ ނިސްބަތްވާ އެމްޑީޕީގެ އިސްވެރިންގެ މައްޗައްވެސް އަންހެނުންނަށް ފުރައްސާރަކުރުމުގެ ތުރުމަތުތައް އެކި ފަރާތްތަކުން ފެންމަތިކޮށްފައިވާ އިރު އެކަން ކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވެއެވެ. އަދި މިފަދަ ކަންކަމުގައި ރޮޒެއިނާ އަންހެނުންގެ ދިފާއުގައި ވާހަކަދައްކަވާފައިނުވެއެވެ.

ސުޖާއު ފާހަގަކުރައްވާފައިވާ ޑރ. މުނައްވަރުގެ ދަރިކަނބަލުން، "ދި އެޑިޝަން"ގެ އެޑިޓަރު ރާއީ މުނައްވަރަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ހުށަހަޅައިގެން އުޅޭ މައްސަލައެއްގެ ތުހުމަތުގައި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހަސަން އިސްމާއިލް ފުލުހަށް ހާޒިރުކުރުމަށްފަހު ގިނަ ދުވަސްތަކެއް ވެފައިވާއިރުވެސް އެކަމުގައި އެއްވެސް ފިޔަވަޅެެއް އާޅާފައިނުވެއެވެ. އަދި ރައީސް އޮފީހުންވެސް އެއްވެސް ފިޔަވޅެއް އޭނާގެ މައްޗައް މިހާތަނަށް އަޅާފައިނުވެއެވެ.

ޝުޖާއު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑީއާ މީހުން ދިވެހި އަންހެނުން ގާތައް ދާވާހަކަ ދައްކާފައިމިވަނީ، އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ގިނަ ވާހަކަތަކެއް ހިއްސާ ކުރާ ފޭސްބުކްގެ ޕޭޖެއް ކަމަށްވާ "އިންޑިއާ މޯލްޑިވްސް ފްރޭންޑްޝިޕް" ގައި އިންޑިއާގެ ބައެއް މީހުން ދީފައިވާ އިންޓަވިއުތައް ތަކުގައި ރާއްޖޭގެ އަންހެނުންނާއި ކައިވެނިކޮށްގެން ދަރިން ހޯދާވާހަކަ ދައްކާފައިވަނިކޮށެވެ.

Advertisement

ކޮމެންޓް

Advertisement