އަހަރެން ހުންނާނީ ތަޅާފޮޅަން، ސުއަރޭޒް ދަތް އަޅަން: ޑިއޭގޯ ކޮސްޓާ

28 Sep 2020 | 11:44

އެއް ކުޅުންތެރިޔަކު ތަޅާފޮޅަން ހުންނައިރު ދަތް އަޅަންވެސް ކުޅުންތެރިޔަކު ހުންނާނެކަމަށް ޑިއޭގޯ ކޮސްޓާ ބުނެފިއެވެ.

ސުއަރޭޒް އަދި ކޮސްޓާ އޭނާެގެ އަމިއްލަ ނަފްސަށް ނިސްބަތްކޮށް މިހެން ބުނެފައިވަނީ ސްޕެނިޝް ލީގުގައި އެޓްލެޓިކޯ މެޑްރިޑުން ގްރަނާޑާ ކޮޅަށް ހަ ގޯލު ޖަހާ ތިން ޕޮއިންޓް ކަށަވަރު ކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ.

ކޮސްޓާއަކީ ދަނޑުމަތީ ހަމަނުޖެހުން ހިންގާ، ހަމަނުޖެހުންތަކުގައި ބައިވެރިވުމުގެ އިތުރުން ރަތް ކާޑާވެސް ރައްޓެހި ކުޅުންތެރިޔެއް ގޮތުގައި ފާހަގަކުރެވިފައިވާ ކުޅުންތެރިޔެކެވެ. އިދިކޮޅު ކުޅުންތެރިންގައިގަ ދަތް އަޅާ ކުޅުންތެރިޔެއްގެ ގޮތުގައި ސުައަރޭޒް މަޝްހޫރުވެފައިވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭ އަދި އިޓާލީ ވާދަކުރި މެޗުގައި އިޓަލީގެ ޑިފެންޑަރު ކިލިއޭނީގެ ކޮނޑުގައި ސުއަރޭޒްގެ ދަތުންޖެހި ކިލިއޭނީއަށް އަނިޔާވުމައި ގުޅިގެންނެވެ. މި މައްސަލައިގަ ފީފާއިން ވަނީ އޭނާއާމެދު ފިޔަވަޅުވެސް އަޅާފައެވެ.

ބާސާ ދޫކޮށް މި ސީޒަނުގައި އެޓްލެޓިކޯއާއި ގުޅުނު 33 އަހަރުގެ ސުއަރޭޒް ވަނީ މި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް އަރާ ދެ ގޯލް ޖެހުމުގެ އިތުރުން އެސިސްޓެއް ހަދާ މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ މި ގަރުނުގައި އެ ކްލަބުގެ ކުޅުންތެރިޔަކު ލީގުގައި އެކްލަބަށް އަލަށް ކުޅެ މި ރެކޯޑް ހެދި ފުރަތަމަ ފަހަރެވެ.

ހަ އަހަރުތެރޭ 283 މެޗުން 198 ގޯލް ބާސާއަށް ޖަހައިދީ އެ ކްލަބުގެ ތިންވައަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ސުއަރޭޒް މި މެޗަށްފަހު ބުނީ ބައެއް ފަހަރު ބަދަލަކީ މުހިންމުކަމެއް ކަމުގައެވެ. އެޓްލެޓިކޯއިން އޭނާއަށް ހޫނު މަރުހަބާއެއް ކިޔުމުން އުފާ ކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކޮސްޓާ، ފީލިކްސް، ލޮރެންޓޭ، އަދި ސުއަރޭޒް އާއެކު އެޓްލެޓިކޯގެ އެޓޭކިންގ ލައިންއަޕް އިތުރަށް ވަރުގަދަވެފައިކަން ފާހަގަކޮށްލެވެއެވެ. 

Advertisement

ކޮމެންޓް

Advertisement