ތަގްސް އޮފް ހިންދުސްތާން ފްލޮޕްވުމުން ސިނަމާތަކުން ރިފަންޑް ހޯދަނީ

20 Nov 2018 | 12:36

އާމިރް ހާން އަދި އަމީތާބް ބަޗަން ލީޑް ރޯލުތަކުން ފެނިގެންދާ ތަގްސް އޮފް ހިންދުތާން ބޮކްސް އޮފީހުގައި ފްލޮޕްވުމައި ގުޅިގެން ސިނަމާތަކުން ރިފަންޑް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޔާޝް ރާޖް ޕްރޮޑަކްޝަނުން އުފެއްދި މި ފިލްމަށް 300 ކްރޯޑް ރުޕީސް ހަރަދުވެފައިވާއިރު އާންމުން އުންމީދުކޮށްގެން ހުރީ މި ފިލްމަކީ މިއަހަރުގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ފިލްމަށްވާނެ ކަމުގައެވެ. ނަމަވެސް ފިލްމް އަޅުވައިގެން އެގާރަ ދުވަސް ފަހުން އާމްދަނީއެއްގެ ގޮތުގައި ލިބިފައިވަނީ 150 ކްރޯޑްއެވެ.

އެހެންކަމުން، މި ފިލްމް ސިނަމާތަކުގައި އެޅުވުމަށް އެތަންތަނުގެ ވެރިން ކުރި ހަރަދުގެ މަދުވެގެން 50 އިންސައްތަ އަނބުރާ ހޯދުމަށް މަސައްކަތް ކުރެވެމުންދާކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.

ފިލްމް ޑިސްޓްރިބިއުޓް ކުރާފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ނިލިބިއްޖެނަމަ ބައެއް ފަރާތްތަކުގެ ވިޔަފާރި ބަނގުރޫޓްވާނެ ކަމުގެ ބިރު އޮތްކަމަށްވެސް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

މީގެ ކުރިން ޝާހްރުކް ހާން، ސަލްމާން ހާން، އަދި ރަޖިނިކާންތްފަދަ ސުޕަ ސްޓާރުންވަނި އެމީހުންގެ ފިލްމަތަށް ފްލޮޕްވުމުން ސިނަމާތަކަށް ބަދަލުދީފައެވެ. ސިނަމާތަކަށް ރިފަންޑްދިން ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި ޝާހްރުކްގެ ޖަބް ހެރީ މެޓް ސޭޖަލްއާއި ދިލްވާލެ، ސަލްމާން ހާންގެ ޓިއުބްލައިޓް، އަދި ރަޖިނީކާންތްގެ ލިންގާ ހިމެނެއެވެ.

Advertisement

ކޮމެންޓް