ޤަތަރު އެއާވޭޒަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް 2 ބިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފި

28 Sep 2020 | 17:42

ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައިސް، އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން ޤަތަރު އެއާވޭސްއަށް ލިބެމުންދާ ގެއްލުން އިތުރުވަމުންދާތީ ގަތަރުގެ ސަރުކާރުގެ ފަރާތުން 2 ބިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ގަތަރުގެ ސަރުކާރުގެ ދަށުން ހިންގަމުންދާ އެގައުމުގެ ގައުމީ އެއާލައިނުން މީޑިއާތަކަށް މައުލޫމާތުދިން ގޮތުގައި ގަަތަރު އެއާވޭސް އަށް އެހާ ގިނަ ގެއްލުން ލިބުނީ ކޮވިޑް 19 އާއި ގަލްފްގެ ޤައުމުތައް ގަތަރު ބޮއިކޮޓް ކުރުމާއި އަދި ގަތަރުގެ %49 ހިއްސާ އޮންނަ އެއާ އިޓަލީ ލިކުއިޑޭޓް ވުމުންކަމަށެވެ. 

މިކަންކަމުގެ ސަބަބުން ވިޔަފާރި އަހަރު ނިމުނުއިރު އެ އެއާލައިނަށް 7 ބިލިއަން ރިޔާލްގެ ގެއްލުމެއް ލިބިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

ޤަތަރު އެއާވޭޒް އަކީ އާންމު ގޮތެއްގައިވެސް މިފަދަ މާލީ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކުންފުންޏެއް ނަމަވެސް 2019 އާއި 2020 ވެފައިވަނީ އެފަރާތުގެ ތާރީހްގައިވެސް އެންމެ އުނދަގޫ ދެ އަހަރަށެވެ.

ގަތަރު އެއާވޭޒްގެ އަހަރީ ހިސާބުތަކުގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ހިއްސާއިން ލިބުނު 50 އިންސައްތަ ފައިދާއާއި އަޅާބެލިއިރު އަހަރީ ގޮތުން ލިބެމުންދާ ގެއްލުން ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން 7.3 ބިލިއަން ރިޔާލް (2 ބިލިއަން ޑޮލަރު) ގެ އެޑްވާންސް ލިބުމަށް ފަހު 730 މިލިއަން ހިއްސާ ގަތަރުގެ ސަރުކާރަށް ދޫކުރަން ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް