ދިރާގުން ފިޔަވަތިގައި އިންޓަނެޓް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ގާއިމުކޮށްދީފި

29 Sep 2020 | 22:18

ދިރާގުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފިއެވެ.

99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 7 އާ ހަމައަށް މިހާރުވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން ދާއިރު، ދިރާގުން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ޚާއްސަ ހަރަކާތްތަކުގައިވެސް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.

މިކަމާ ގުޅިގެން ފިޔަވަތީގެ ސީ. އީ. އޯ ޒީނާ ގާސިމް ވިދާޅުވީ، "ކޮވިޑް 19ގެ މި ހާލަތުގައި، އޮންލައިންކޮށް ހުރިހާ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައިވާ މިދަނޑިވަޅުގައި، އެއްވެސް ޚަރަދަކާއިނުލާ އިންޓަނެޓް ޕެކޭޖާއިއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ފިޔަވަތީގެ ކުދިންނަށް ފަހިކޮށް ދެއްވަމުންގެންދަވާތީ، ދިރާގުގެ ފަރާތުން ކޮށްދެއްވަމުންދާ  އެހީއަށް ފިޔަވަތީގެ އެންމެހާ ކުދިންނާއި މެނޭޖްމެންޓް ނަމުގައި ޝުކުރު ވަނީ އަދާކޮށްފައެވެ. 

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރު ތަކުގައިވެސް ވަނީ ކުޑަކުދިންގެ ހިޔާ ތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ އަދި މީގެ ކުރިންވެސް ދިރާގުން އަންނަނީ ފިޔަވަތީގެ ކޮމްޕިއުޓަރ ލެބަށް އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ.

Advertisement

ކޮމެންޓް