ކުވެއިތުގެ އަމީރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފި

30 Sep 2020 | 09:22

ކުވެއިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފިއެވެ.

އުމުރުފުޅުން 91 އަހަރުގައި އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވިގެން އެގައުމުގެ ދައުލަތުގެ ރަސްމީ މީޑިއާއިން ވަނީ އިއުލާންކޮށްފައެވެ.

1929ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝައިޚް ސަބާހް ފާހަގަކޮށްލެވިފައިވަނީ ކުވެއިތުގެ ޒަމާނީ ޚާރިޖީ ސިޔާސަތު އެކުލަވާލުމުގެ ފަހަތުގައި ހުންނެވި ފަރާތުގެ ގޮތުގައެވެ. އެގޮތުން 1963 ވަނަ އަހަރުން 2003 ވަނަ އަހަރާއި ހަމައަށް އެމަނިކުފާނު ވަނީ އެގައުމުގެ ބޮޑުވަޒީރުކަމާއި ފޮރިން މިނިސްޓަރކަން އަދާކުރައްވާފައެވެ.

އެމަނިކުފާނު ކުވައިތުގެ އަމީރުކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި، އޭރުގެ އަމީރު ޝައިޚް ޖާބިރު އަލް ސަބާހް އަވަހާރަވުމާއި ގުޅިގެންނެވެ. ޝައިޚް ސަބާހް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހުގައެވެ.

ޝައިޚް ސަބާހް ވަނީ އަރަބި ގައުމުތަކުން ގަތަރާއި ދެކޮޅަށް އެޅި ފިޔަވަޅުތައް ނެގުމަށް މަސައްކަތްކުރައްވާފައެވެ. އަދި ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 2013 އަދި 2014ވަނަ އަހަރު އިންޓަރނޭޝަނަލް ޑޯނަރ ކޮންފަރެންސެއްވެސް ބާއްވަވާފައެވެ.

Advertisement

ކޮމެންޓް