Advertisement

ތިއާގޯ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

30 Sep 2020 | 05:47

ބަޔާން މިއުނިކް އިން ލިވަޕޫލްއަށް މި ސީޒަނުގައި ބަދަލުވި ހުނަރުވެރި މިޑްފީލްޑަރ ތިއާގޯ އަލަކާންޓްރާ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 ކުން ލިވަޕޫލް ކުރި ހޯދި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ތިއާގޯ އެޓީމް އެންމެ ފަހުން ދެމެޗުގައިވެސް ލިވަޕޫލް ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

ސެލްފް އައިސޮލޭޝަނުގައި މިވަގުތު ހުރި ތިއާގޯ އާއި ބެހޭ ގޮތުން ލިވަޕޫލް ނެރުނު ސްޓޭޓްމަންޓްގައި ވަނީ ތިއާގޯގެ ފަރާތުން ވައިރަހުގެ އަލާމާތްތައް ފެންނަން ހުރި ކަމަށައި ނަމަވެސް އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށެވެ.

އޭގެ އިތުރުން ލިވަޕޫލްއިން ވަނީ ކަމާގުޅޭ ގޮތުން ހެދިފައިވާ ހުރިހާ ޕްރޮޓޮކޯލްތަކަކަށް އެކްލަބުން ފުރިހަމައަށް އަމަލުކުރަމުން ގެންދާކަންވެސް ހާމަކޮށްފައެވެ.

ކުރިއަށް އޮތް މެޗުގައި ލިވަޕޫލް ނުކުންނާނީ އީއެފްއެލް ކަޕްގައި އާސެނަލްއާ ދެކޮޅަށެވެ. މި ދެޓީމް އެންމެ ފަހުން ކުޅުނު މެޗް ފަސޭހަކަމާއެކު 3-1 ކުން ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލްއެވެ. 

Advertisement

ކޮމެންޓް