Advertisement

އިބޫގެ ކާމިޔާބީއަކީ އިންސާނީ ހައްގުތައް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް: އެމްނެސްޓީ

25 Sep 2018 | 17:25

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބު ކުރުމަކީ ދިވެހި ރާއްޖޭގައި އިންސާނީ ހައްގުތައް އަލުން އާކޮށް، ވަރުގަދަ ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އެމްނެސްޓީ އިންޓަނެޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިދިކޮޅު ކޯލިޝަނުން ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، އިންތިހާބު ކާމިޔާބު ކުރުމަކީ ރާއްޖޭގައި ނިމިގެން ދިޔަ އަހަރު ތަކުގައި އޮތް ފިއްތުން ތަކާއި ގެއްލިފައިވާ އެތައް އިންސާނީ ހައްގުތައް އަލުން ގާއިމް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެއްވެ އުޅުމުގެ މިނިވަންކަން އަލުން ދޭން ޖެހޭ ކަން ފާހަގަކޮށް އެމްނެސްޓީ އިން ބުނީ، އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަކީ އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ޤާނޫނަކަށްވެސް ބަދަލު ގެންނަން ޖެހޭކަމަށެވެ.

މީގެ އިތުރުން ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އަދިވެސް އެއްވެސް މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިފައި ނުވާކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ޝާމިލްވާ މީހުންނަށް ވެސް އަދަބު ދެވިފައި ނުވާ ކަމަށްވެސް އެބަޔާނުގައު ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް