Advertisement

އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅާއި ދެމެދު މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބާއްވަނީ

30 Sep 2020 | 10:20

އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅާއި ދެމެދު ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ތައްޔާރުވާން ފަށައިފިއެވެ.

އޮންލައިން ނޫހެއްކަމަށްވާ "އައްޑޫލައިވް"އަށް މައުލޫމާތުދެއްވަމުން ގަން އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އޭއައިއޭގެ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ މި ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެވަރު ވާނެކަމަށާއި، މި ޚިދުމަތްތަކަށް ބޭނުންކުރާނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓްގެ ސީޕްލޭން ޓާމިނަލް ކަމަށެވެ.

އެގޮތުން މި ޚިދުމަތް ފެށުމަށް އެތަން މަރާމާތުކުރާނެކަމަށް ގައިސް ވިދާޅުވިއެވެ. 

އެބޭފުޅާ އިތުރަށް ވިދާޅުވިގޮތުގައި މިކަމުގެ ސަބަބުން ހުވަދޫ އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ފައިދާއެއް ކުރާނެއެވެ. ގައިސް ފާހަގަކުރެއްވި ގޮތުގައި ހުވަދޫގެ ރިސޯޓްތަކަށް ފަތުރުވެރިން ގެންނަނީ މޯލްޑިވިއަންއިންނެވެ. އެހެންކަމުން ގަމުން ސީޕްލޭންގައި ފަތުރުވެރިން ސީދާ ރިސޯޓަށް ދެވޭނެ ގޮތްވުމަކީ ރިސޯޓުތަކުންވެސް ބޭނުންވާނެ ގޮތްކަމަށް ގައިސް ވިދާޅުވިއެވެ.

އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ބޭއްވުމުގެ އެއްބަސްވުމުގައި އަންނަ ހޮނިހިރު ދުވަހު ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

ކޮމެންޓް

Advertisement