މާދަމާގެ އަސްރު ނަމާދުންފެށިގެން މާލޭ ހުކުރު މިސްކިތް ހުޅުވާލަނީ

30 Sep 2020 | 20:45

މަރާމާތުކޮށް އާބާތުރަ ފިލުވުމަށްޓަކައި ގިނަ ދުވަސްތަކެއް ވާންދެން ބަންދުކޮށްފައި ހުރި މާލޭގެ ހުކުރު މިސްކިތް ހުޅުވާލުމަށް ނިންމައިފިއެވެ.

ވޮއިސްއަށް މައުލޫމާތުދެއްވި ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާދަމާގެ އަސްރު ނަމާދަށްފަހު އާންމުންނަށް ހުކުރު މިސްކިތް ހުޅުވާލާނެކަމަށެވެ. މިސްކިތް ހުޅުވާލުމުގެ ކުރިން ސްޓެލްކޯ، ހެރިޓޭޖް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ވަނީ މިސްކިތުގެ ބައެއް މަރާމާތްތަކެއް ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން މާލޭ ހުކުރު މިސްކިތް މިސްކިތް ބަންދުކުރީ މިސްކިތުގެ ވަކަރުތަކުގައި ކަތުރުފަނި އެޅުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އަލުން މަރާމާތު ކުރުމަށެވެ. ނަމަވެސް އިންޑިއާގެ ޓީމަކާއި ހަވާލުކޮށްގެން މުޅި މިސްކިތުގެ އާބާތުރަ ފިލުވުމަށް ހަމަޖެހިފައި އޮތް މި މަސައްކަތް ލަސްވެފައިވާތީ، ހެރިޓޭޖްގެ ޓީމަކުން ވަނީ ކަތުރުފަނީގެ މައްސަލަ ހައްލުކޮށްފައެވެ.

މީގެ އިތުރުން މިސްކިތް ހުޅުވުމުގެ ކުރިން ވަނީ ވެލިލައި، މިސްކިތުގެ ފްލޯރިންގ ބަދަލުކޮށް ވަޅުން ދިޔަވެސް ހިއްކާފައެވެ.

Advertisement

ކޮމެންޓް