1 އޮކްޓޯބަރުން ފެށިގެން ދެވަނަ ފިޔަވަހި އާންމުނަށް ހުޅުވާލަނީ

30 Sep 2020 | 22:15

ހުޅުމާލެ ދެވަނަ ފިޔަވަހި 1 އޮކްޓޯބަރުން ފެށިގެން އާންމުނަށް ހުޅުވާލަން ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާއްމު ފަރާތްތަކުން ދިރިއުޅެން ފަށާފައިވުމާ ގުޅިގެން، އެފަރާތްތަކަށް އެ ސަރަޙައްދަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، 2020 އޮކްޓޯބަރު 1 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ނިރޮޅު މަގާއި ގުޅިފައިވާ ބުރިޖުން ދެވަނަ ފިޔަވައްސަށް ފަސޭހަކަމާއެކު އަރައިފޭބޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.

ދެވަނަ ފިޔަވަހި އަންނަ މަހު ހުޅުވާލުމަށް ހަމަ ޖެހިފައިވަނީ ވަކި ސަރަހައްދަކާއި ހަމައަށްކަމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަޙައްދުތަކަށް ކޯޕަރޭޝަނުގެ ހުއްދަ ނެތި ޢާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި އަރައިފޭބުމަކީ މަނާ ކަމެއްކަން އެ ކޯޕަރޭޝަނުން ހާމަކުރައްވައެވެ.

މީގެ އިތުރުން އެޗްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަޙައްދު ބޭނުން ކުރާ ފަރާތްތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އެދިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 5 އާއިލާއެއް ދިރިއުޅެން ފަށާފައިމިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

Advertisement

ކޮމެންޓް