ގޯހެއް ހެދިފަވާނަމަ އެކަމުގެ ޒިންމާނަގަން: މެސީ

01 Oct 2020 | 08:27

ގޯހެއް ހެދިފައިވާނަމަ އެކަމުގެ ޒިންމާ ނަގާކަމުގައި ބާސެލޯނާ ދޫކޮށްލަން ބޭނުންކަމަށް ބުނެ މުޅި ދުނިޔެ ހައިރާންކޮށްލި މެސީ ހާމަކޮށްފިއެވެ.

މެސީ މިހެން ބުނެފައިވަނީ ބާސެލޯނާ ދޫކޮށްލަން އޭނާ އެދުމުން ހިނގައިދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އެގޮތުން މެސީ ބުނީ ދެބަސްވުންތަކަށް ނިމުމެއް ގެންނަން ބޭނުންވާ ކަމަށައި ބާސެލޯނާއަށް ހެޔޮއެދޭ އެންމެން އެކަތިގަނޑަކަށްވެގެން އުންމީދުކުރަންވީ ކުރިއަށް އޮތް ދުވަސްތަށް އުޖާލާވާނެކަމަށެވެ.

ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ޖޯޝާއި ހިތްވަރާއެކު އެންމެން އެއް މިސްރާބަކާ ދިމާލަށް އަމާޒު ބަހައްޓައިގެން ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

އެހެންމީހުންގެ ނަޒަރުގައި އޭނާއަށް ގޯހެއް ހެދިފައިވާކަމަށް ގަބޫލުކުރެވުނަސް އޭނާ ކުރިކަމެއް ކުރީ ބާސެލޯނާ އިތުރަށް ވަރުގަދަކުރުމުގެ ބޭނުމުގައި ކަމަށް މެސީ އިތުރަށް ބުނެފައިވެއެވެ. އެކަން ކުރުމުގެ މައިގަނޑު މަގްސަދަކީ ބާސެލޯނާއަށް ހެޔޮއެދޭ އެންމެނަށް މެސެޖެއް ދިނުން ކަމުގައި ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އުމުރުން 14 އަހަރުގައި ބާސެލޯނާ އާއި ގުޅުނު މެސީ އަކީ އެކްލަބްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. އެގޮތުން އޭނާވަނީ ބާސެލޯނާއަށް 10 ފަހަރު ސްޕެނީޝް ލީގް އަދި 4 ފަހަރު ޗެންޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭގެއިތުރުން މެސީ ވަނީ 6 ފަހަރު ބެލޮންޑިއޯ ވެސް ހާސިލްކޮށްފައެވެ. 

Advertisement

ކޮމެންޓް