5 ގޯލާއެކު އިންޓައަށް ފަސޭހަ މޮޅެއް

01 Oct 2020 | 08:26

އިޓާލިއަން ސެރީއާގައި ރޭ އިންޓަ މިލާން ކުޅުން މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ. ބެނެވެންޓޯގެ މައްޗަށް އިންޓަ ކުރި ހޯދާފައިވަނީ 2-5 ގެ ނަތީޖާ އަކުންނެވެ.

ޑޮމިނޭޓިންގ އަދި އެޓޭކިންގ މޮޅު ކުޅުމެއް އިންޓަގެ ފަރާތުން ފެނުނު މި މެޗުގައި އެޓީމުން ވަނީ ފުރަތަމަ މިނެޓުގައި ލުކާކޫ ޖަހައިދިން ގޯލާއެކީ ލީޑް ނަގާފައެވެ.

މެޗުގައި ލުކާކޫގެ ފަރާތުން ދެ ގޯލް ފެނިގެން ގޮސްފައިވާއިރު އިންޓައަށް ދެން ގޯލްތައް ޖަހައިދިނީ ގަގިލާޑީނީ، ހަކީމީ، އަދި ލައުޓާރޯ މާޓިނޭޒްއެވެ.

މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުވެސް އިންޓައިން ކާމިޔާބު ކޮށްފައިވަނީ ގިނަ ގޯލުތަކެއް ޖަހައިގެންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެޓީމް ފުރަތަމަ ކުޅުނު މެޗުގައި ފިއޮރެންޓީނާ އާއި ދެކޮޅަށް ކުޅެ ތިން ޕޮއިންޓް ކަށަވަރު ކޮށްފައިވަނީ 4-3 ކުންނެވެ.

ކުޅުނު ދެމެޗު ކާމިޔާބު ކުރިނަމަވެސް ގޯލް ޑިފަރެންސްގެ ތަފާތުން އިންޓަ ތާވަލުގެ ތިންވަނަ އޮތްއިރު އެއްވަނައިގަ އޮތީ ނަޕޯލީއެވެ. ދެވަނައިގަ އޮތީ މިދިޔަ ސީޒަނުގެ ލީގް އަދި ޗެންޕިއަންސް ލީގުގައިވެސް މޮޅު ކުޅުމެއް ދެއްކި އެޓްލާންޓާއެވެ.

އޭސީ މިލާން، އިންޓަ މިލާން، އަދި ނަޕޯލީ މި ސީޒަނުގައި ވަރުގަދަކޮށް ފެންނައިރު އެހެން ސީޒަންތަކެކޭ އެއްފަދައިން ފަސޭހަކަމާއެކު ޔުވެންޓަސްއަށް މިސީޒަނުގެ ޗެންޕިއަންކަން ލިބޭނެކަން ގަބޫލުނުކުރެވޭ ކަމަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.  

Advertisement

ކޮމެންޓް