Advertisement

ސްޓެލްކޯގެ އެޕުން ބިލް ދައްކައިގެން ފައިސާ ހޯދުމުގެ ފުރުސަތު!

01 Oct 2020 | 19:13

ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކަވައިގެން 10 ކަސްޓަމަރަކަށް -/1،000 ރުފިޔާ ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.

ސްޓެލްކޯއިން ބުނީ އެ މުއްދަތުގެ ތެރޭގައި ދައްކަވާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހޭކަމަށާއި، އެގޮތުން އޭގެ ކުރީ މަހުގެ ބިލްތައް ދެއްކެވިނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ. ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްޓެލްކޯ އެޕްލިކޭޝަނަކީ ކަސްޓަމަރުންނަށް ގިނަ ލުއިފަސޭހަތަކެއް ފޯރުކޮށްދޭ މޯބައިލް އެޕްއެކެވެ. އެގޮތުން ފަސޭހަ ކަމާއެކު ބިލް ދައްކާލެވި، ބިލަށް އަރާވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭނެއެވެ. އަދި އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގޮރައިޒްކޮށް، ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރި ގޮތްވެސް ބަލާލެވޭނެއެވެ.

ސްޓެލްކޯއެޕް، އެޕް ސްޓޯރާއި, ޕްލޭ ސްޓޯރުން ފަސޭހަކަމާއެކު ޑައުންލޯޑް ކޮށްލެވޭނެއެވެ. މި އެޕްލިކޭޝަން ބޭނުން ކުރައްވާ ފަރާތްތަކަށް ކޮންމެ މަހަކުވެސް ބިލް ލިބިގެންދާނެއެވެ. އަދި ބިލް ޑައުންލޯޑް ވެސް ކުރެއްވޭނެއެވެ.

Advertisement

ކޮމެންޓް

Advertisement